English Edition
Dhivehi Edition
އައިޝަތު ސަޖުނީ ފޮޓޯ / ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވައިފިއެވެ.

ސަޖުނީ އިސްތިއުފާދެއްވި ސަބަބު ސާފުވެފައިނުވާއިރު ބީއެމްއެލް އިން ބުނީ ބޯޑު މެންބަރުންނާ ގުޅޭ މައުލޫމާތުތައް ހާމަކުރާނީ އެ ކުންފުނީގެ ހާއްސަ އާއްމު ޖަލްސާ (އީޖީއެމް)އަށް ފަހު ކަމަށެވެ.

ސަޖުނީއަކީ ބީއެމްއެލް ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ އެއް މެންބަރެވެ. މި އަހަރުގެ ކުރީކޮޅު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސަޖުނީ ވަކިކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަލުން ބޯޑަށް އައްޔަންކޮށްފައެވެ.