English Edition
Dhivehi Edition
ގުޅީފަޅުން ގިރެމުންދާ ދޮންވެލި، ވިލިމާލެއާއި ދިމާލަށް މިސްރާބު ޖަހަނީ - ފޮޓޯ: އީޕީއޭ

ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލި 17 ތަނެއްގެ ތެރެއިން 3 ތަނެއް އުނިކޮށްފިއެވެ.

ޓޫރިޒަމަށް ތަރައްޤީކުރުމަށް ބައެއް ފަޅުރަށްތަކާއި ފަޅުތަކެއް ހިމެނޭހެން 17 ތަނެއް ބީލަމަށް ހުށަހެޅީ މިދިޔަ މެއި މަހުގައެވެ. ބީލަމަށް ހުޅުވާލީ ތަންތަނުގެ ތެރޭގައި 11 އަތޮޅަކުން 14 ރަށަކަށާއި ތިން ފަޅެއް ހިމެނޭއިރު މިއަދު މިނިސްޓްރީން އާންމު ކުރި އިއުލާނުގައި ވަނީ 3 ތަނެއް އުނިކޮށްފައެވެ.

ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލި 17 ތަނެއްގެ ތެރެއިން 3 ތަނެއް އުނިކޮށްފިއެވެ.

ޓޫރިޒަމަށް އަލަށް ހުޅުވާލާފައިވާ ތަންތަނަކީ:

  • ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު)
  • ށ. ކުޑަޅައިމެންދޫ
  • ރ. ދިއްކުރެއްދޫ
  • ޅ. ދިއްފުށި
  • ޅ. ވިހަފަރުފިނޮޅު
  • ކ. ހިއްމިއްޔަ ފަޅު
  • ކ. އަތޮޅު ފަޅެއް
  • އއ. އަލިކޮއިރަށް
  • ވ. ފަޅެއް
  • ތ. ގާލީ
  • ތ. ރުއްތިބިރަށް
  • ތ. ކަނިމީދޫ
  • ލ. ކަށިދޫ
  • ލ. ހަންހުށި
  • ގއ. ބޭރުމައުޑޫ
  • ގދ. ކަޅެހުއްޓާ

އެ މިނިސްޓްރީން މިހާރު އާންމުކުރި ލިސްޓުން އުނިކޮށްފައިވަނީ ކަޅެހުއްޓާ އާއި ކަނިމީދޫ އަދި ދިއްފުށިއެވެ.