ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ބަޖެޓު ފާސްކުރީ އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ ރަނގަޅު އިގްތިސާދީ ޕްލޭނަކާއި އެކު ފައިސާ ޗާޕު ކުރަން ނުޖެހޭނެ ގޮތްތައް ހޯދާދީފައިވާނެކަމަށެވެ.ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާފައި ވާތީ އިންތިގާލީ މަރުހަލާއެއް އޮތުމުން ބަޖެޓާއި ގުޅުން ހުރި މަޝްވަރާތައް އެކުގައި ކުރެވުނުކަމަށެވެ.
އޭރު ބަޖެޓުގެ މަސައްކަތްތަކަށް ކުރީ ޕީއެންސީ ބޭނުންވި ގޮތަށްކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީބަޖެޓު ފަރުމާކޮށްފައި ވާނީ ފައިސާ ޗާޕު ނުކޮށް އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ފަހު ކުރިޔަށް ދެވޭނެ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ކުރަން ޖެހޭނެ އޮތީ އެންމެ ހާލަތެއްކަމަށާއި އެއީ ރަނގަޅު އިގްތިސާދެއް ނެތުން ކަމަށެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަން ޖެހުނު ނަމަވެސް ރިޔާސީ ކެމްޕެއިނުން ފެށިގެން ގޮވަމުން ދިޔައީ ގައުމު ބަނގުރޫޓުވެފައިވާކަން ކަމުގައި ފަހަގަކުރައްވަމުން ނާޒިލް ވިދާޅުވި އެ ވާހަކަތަކަށް ބަލައި ފައިސާ ދޭނެ ބަޔަކު ނުވާނެކަމަށެވެ.