English Edition
Dhivehi Edition
ބިންވެރިޔާ ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅު/ފޮޓޯ ޕީއެސްއެމް

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ތެރެއިން މީހަކު މަރުވެފައިވާނަމަ، ވާރިސުން ސާބިތުކުރުމުން އެ މީހުންނަށް ބިން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކަންޓެއް ނުވަތަ އެޕްލިކަންޓް މަރުވެފައިވާ ފަރާތްތަކުން ޝަރުއީ ކޯޓުން ވާރިސުން ސާބިތުކުރަން ޖެހޭނެކަމަށެވެ. އަދި ޝަރީއަތް ނިމުނު ގޮތުގެ ގަޟިއްޔާ އާއި އެކު އެ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދުމުން ސޮއިކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު، މިދިޔަ އަހަރު ދޫކޮށްފައި ވަނީ 465 ގޯއްޗެވެ. އަދި މި އަހަރު 159 ގޯތި ދޫކޮށްފައި ވައިރު ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ.