English Edition
Dhivehi Edition
ކޭއެފްސީ ފޮޓޯ: ސަން

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފިއެވެ.

ފުލުހުން ބުނީ ރޭ 04:32 ހާއިރު އަމީނީ މަގުގަައި ހުންނަ ކޭއެފްސީ ގެ ބިއްލޫރި ގަނޑެއް ގާބުރިއަކުން ޖަހާ ތަޅާލާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހުވެސް އަމީނީ މަގުގަައި ހުންނަ ކޭއެފްސީ ގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު، މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު