English Edition
Dhivehi Edition
merchant container ship

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ދިވެހި ސީމަނުންނަށް ދޭން ފަށާފައިވާ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް(ސިޑް) މިހާތަނަށް 25 ފަރާތަކަށް ދެވިފައިވާކަމަށް އެވުޒާރާއިން ވިދާޅު ވެއްޖެއެވެ. މިއަހަރުގެ ބައިނަލް އަޤްވާމީ ސީމަނުންގެ ދުވަސް ފާހަގަ ކުރުމަށް ޖޫން 24 ވަނަ ދުވަހު ބޭއްވި ޙަފްލާގައި ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ޤަބޫލު ކުރާ ފެންވަރުގެ ސިޑް ތަޢާރަފްކޮށް މިހާރު 100 ސިޑް އިޝޫ ކުރެވިފައިވާ ކަމަށް އެއިދާރާއިން މަޢުލޫމާތު ދެއްވައެވެ. ބައެއް ސީމަނުން މި ވަގުތު ބޯޓު ފަހަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބުމާއެކު ވެރިފަރާތްތަކުން ނުގެންދެވިވާ ސިޑްވެސް ވީހާ އަވަހަކަށް އެފަރާތްތަކާ ޙަވާލު ކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ކުރިން “ސިޑް” ނެތުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބައެއް ގައުމުތަކުން ވަނީ “ސިޑް” ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައެވެ. އަދި ބައެއް ޙާލަތްތަކުގައި ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން މިލިޔުން ސީމަނުންނަށް ފޯރުކޮށް ނުދެވުމުގެ ސަބަބުން ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން 2023 ވަނަ އަހަރުގެ ފަހު ކޮޅު ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލާފައިވާ އިރު ގިނަ ބައެއްގެ ވަޒީފާ ދިއައީ ގެއްލެމުންނެވެ.

ނެތެމުން ދިޔަ މި ޞިނާޢަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މި މަސައްކަތްޕުޅުން މިއަދު މި ސިނާއަތަށް އަލުން ދިރުމެއް ގެނެސްދީފިކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދެކެއެވެ.