English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ފުލުހުން ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭ ދަންވަރު 3:06 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގެ ވިޔަފާރިތަކާއި އަމިއްލަ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ އިތުރުވަމުން އަންނައިރު، ވައްކަމާއި ފޭރުމުގެ މައްސަލަ އަންނަނީ އިތުރުވަމުންނެވެ.