English Edition
Dhivehi Edition

ޔޫރޯ ސެމީ ފައިނަލުގައި ސްޕެއިންނާއި ދެކޮޅަށް ފްރާންސުން މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑިޝޯމްޕް ބުނީ ފަހަކަށް އައިސް ގިނައިން އަޑުއިވެނީ މިފަހަރުގެ ޔޫރޯ މުބާރާތުގައި ފްރާންސް ކުޅޭ، މެޗުތައް ބަލަން ގިނަ ބަޔަކު ފޫހިވާ ކަމަށް ބުނާ ވާހަކަތައްކަމަށެވެ. އެހެން އެކަން ވާނަމަ، އެފަދަ ބަޔަކު ފްރާންސް ކުޅޭ މެޗުތައް ނުބެލުމަށް އިލްތިމާސް ކުރާކަމަށް ޑިޝޯމްޕް ބުންޏެވެ.

ފްރާންސް އަކީ މިވަގުތު ދުނިޔޭގައި އެންނެ ފާހަގަކޮށްލެވޭ ފުޓުބޯޅައިގެ ގަދަ ބާރެއްކަމަށާއި ހުނަރުވެރި ކުޅުންތެރިންތަކެއް ވެސް ތިބި ޓީމެއްކަމަށް އޭނާ ބުންޏެވެ. އަދި ގިނަ ބަޔަކު ފްރާންސް ކުޅޭ މެޗުތައް ބަލަން ފޫހިވާ ވާހަކަ ދެއްކުމުން އެކަން ގަބޫލުކުރަން އުނދަގޫކަމަށް ވެސް ޑިޝޯމްޕް ބުންޏެވެ.

އަދި އެކަން އެގޮތަށް އެ ދިމާވަނީ ފްރާންސްގެ ހަޤީޤީ ސަޕޯޓަރުންގެ ފަރާތުން ނޫންކަމަށާއި އެއީ ފްރާންސް ދެކެ ރުޅިއަންނަ މީހުންގެ ފަރާތުން އިވޭ އަޑުތަކެއް ކަމަށް ވެސް ޑިޝޯމްޕް ބުންޏެވެ.

” ފްރާންސް ކުޅޭ މެޗުތައް ބަލަން ފޫހިވާކަމަށް ބުނާ މީހުންނަށް ބުނެލަން އޮތީ އެފަދަ މީހުން ފްރާންސް ކުޅޭ މެޗުތައް ނުބަލާށޭ. އެއީ އެންމެ ރަނގަޅު ގޮތް.” ނޫސްވެރިންނަށް މައުލޫމާތު ދެމުން ފްރާންސް ކޯޗު ޑިޝޯމްޕް ބުންޏެވެ.