English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

ގްލޯބަލް ޔޫތު މޮބިލައިޒޭޝަން މެދުވެރިކޮށް އީޔޫގެ ޔޫތު އެމްޕަވަރމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުޅުވާލައިފިއެވެ.

އީޔޫ ޔޫތު އެމްޕަވަރމަންޓް ފަންޑަކީ ޔޫރަޕިއަން ޔޫނިއަން އާއި ބިގް ސިކްސް ޔޫތު އޮގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕާޓްނަޝިޕެއްގެ ބައެކެވެ.

މި ގްރާންޓްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އިނޮވޭޓިވް ލޯކަލް ޕްރޮޖެކްޓްތަކަށް ފައިސާ ދީގެން އެމީހުންގެ މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ފަންޑުގެ ދަށުން ވަކިވަކި ޒުވާނުންނާއި ނުރަސްމީ ގްރޫޕްތަކަށް 500 އާއި 1500 ޔޫރޯ އާއި ދެމެދުގެ އަދަދެއް ލިބޭއިރު، ރަޖިސްޓްރީކޮށްފައިވާ ޒުވާނުންގެ ޖަމިއްޔާތަކަށް 3000 އާއި 5000 ޔޫރޯ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ފޯކަސް ކުރާ ދާއިރާތައް:

• އެސްޑީޖީތަކާ އެއްގޮތަށް ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ މަޝްރޫއުތައް

• މުޖުތަމައުގެ ތެރޭގައި އަޑުއުފުލުމުގެ ފުރުސަތު ލިބިފައިނުވާ ގްރޫޕުތަކާއި، ޖެންޑާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު ފަންތީގެ ފަރާތްތަކާއި ތަމްސީލު ނުކުރެވޭ ގްރޫޕްތަކުން ކުރިމަތިލާ ފަރާތްތައް.

މި ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ޖޫން 27 އިން ޖުލައި 21 އަށް ހުޅުވާލާފައިވާއިރު ފޯމްތައް އިނގެރޭސި، އަރަބި، ފްރެންޗް އަދި ސްޕެނިޝް ބަހުން ލިބެން ހުންނާނެއެވެ.