English Edition
Dhivehi Edition

އައްޑޫސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ސައިމާބޯޓުގެ ކޭޝިއަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ހާމަކުރައްވައިފއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ އޭނާގެ ބެލުމުގެ ދަށުން އައްޑުއަށް މަސްތުވާތަކެތި ގެނައުމުގެ ތުހުމަތުގައެވެ. “ސައިމާބޯޓުގެ ކޭޝިއަރުގެ ބެލުމުގެ ދަށުން އައްޑުއަށް ގެނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައިހުރި ފިލްމު ހުސްކުރި 16 ދަޅު (543ގ) އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައިފައިއޮތް ރަބަރު ޕެކެޓެއް (433ގ) ފެނުމުން ބޯޓުގެ ކޭޝިއަރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،” ފުލުހުން ވިދާޅުވިއެވެ. މި ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ކޭޝިއަރު ގެންގޮސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭރު ސައިމާ ބޯޓު އޮތީ ފޭދޫ ބަނދަރުގައެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.