English Edition
Dhivehi Edition

ޔޫރަޕް ބައްރުގެ ގައުމީ ޓީމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫރަޕިއަންޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ފެށޭނެއެވެ.

ޔޫރޯ މުބާރާތުގެ ގަދަ 16 ގެ ބުރު ނިމި، ކުއާޓާ ފައިނަލުގެ މެޗުތަކަށް ޓީމުތައް ތައްޔާރުވެފައިވާއިރު، ކުއާޓާއިން ޖާގަ ހޯދި ޓީމުތަކަކީ، ޖަރުމަން، ސަޕެއިން، ޕޯޗުގަލް، ފްރާންސް، އިންގްލެންޑް، ތުރުކީ އަދި ސްވިޒަލެންޑުގެ އިތުރުން ނެދަލެންޑްސްއެވެ.

މި މުބާރާތުގެ ކުއާޓާފައިނަލުގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ހޮސްޓް ގައުމު ޖަރުމަން އަދި ސްޕެއިންއެވެ. އަދި މިރޭ ކުޅޭ ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރާންސް އާއި ޕޯޗުގަލް އެވެ.

ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މެޗަކީ ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރާ މެޗެވެ. އެގޮތުން މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކީލިއަން އެމްބާޕޭގެ ކުރިމަތިލުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކުއާޓާ ފައިނަލްގެ ކުޅުން މިރޭ ފަށާއިރު، މިރޭ ދެމެޗު ކުޅުނު ނަމަވެސް، ޖެހިގެން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ކޮންމެ ރެއަކު ކުޅޭނީ އެއް މެޗެވެ.

ޔޫރޯ 2024، ކުއާޓާ ފައިނަލުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

  • ސްޕެއިން – ޖަރުމަން (މިރޭ/9:00)
  • ޕޯޗުގަލް – ފްރާންސް (މިރޭ ދަންވަރު/ 12:00)