English Edition
Dhivehi Edition

އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް މިއަދު އަބޫދާބީ އަށް ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ އާބޫދާބީގައި ޖުލައި 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމް ގައި ބައިވެރިވެވަޑަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ފޯރަމުގައި، ކްލައިމެޓް ޗޭންޖް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމް ވެގެންދާނީ، ކްލައިމެޓް ޗޭންޖުގެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވާ އީޖާދީ ޓެކްނޯލޮޖީއާއި، އަރޓިފިޝަލް އިންޓަލިޖެންސްގެ ދައުރާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ހޭނުމަށް ޑޭޓާގެ މުހިއްމުކަމާއި އަދި ފައިނޭންސްއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ފޯރަމަކަށެވެ.

މި ފޯރަމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން ބާއްވާ ޕެނަލްގައި މިނިސްޓަރ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.