English Edition
Dhivehi Edition

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް “މާލެ ފަހި ޕްރޮގްރާމް” ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއްހޯދުމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ “މާލެ ފަހި ޕްރޮގްރާމް” އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ “މާލެ ފަހި ޕްރޮގްރާމް” އާއި ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ.