English Edition
Dhivehi Edition
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލުދެރަވެގެން ފަރުވާ ދެމުން ދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

މި ދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކަރްނޓުގައި ޖެހިގެން ހާލު ދެރަވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެއްގައެވެ. ކަރަންޓުގައި ޖެހުނު 12 އަހަރުގެ އަންހެން ކުއްޖާއާއި 8 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތް ކުރަން މަސައްކަތްކުރުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު މި ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 1:40 ހާއިރުއެވެ. ނަމަވެސް ޒުވާނާގެ ހާލު ސީރިއަސްވެ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އެ ޒުވާނާ މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕީޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާގައި ކަރަންޓުގައި ޖެހުނު 8 އަހަރާއި 12 އަހަރުގެ ކުއްޖާއަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެ ދުވަހު ވަނީ ދޫކޮށްލާފައެވެ. މި ހާދިސާގައި ކުދިން ކަރަންޓުގައި ޖެހުނީ މަގުބައްތިއެއް ކައިރީގައި, ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑެއްގައި ކުޅެން ތިއްބައެވެ.