English Edition
Dhivehi Edition
އުރީދޫ އަތޮޅު ދުވުން

އުރީދޫ މޯލްޑިވްސްގެ އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަބޯޑުގެ އެއްވަނައަށް ޏ. ފުވައްމުލަކު އިނާން ހޮވިއްޖެއެވެ.

އުރީދޫ އިން ވަނީ ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާ އިނާން އަށް ދީފައެވެ.

“އަތޮޅު ދުވުން” ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ. އުރީދޫއިން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވާނެ ކަމަށެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކު އެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި މި އަހަރުގެ ކަލަންޑާ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.