English Edition
Dhivehi Edition

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެހި ފިރިހަނަކު ގެނބިގެން ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވީ އުމުރުން 39 އަހަރުގެ ދުވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އދ. ސެންޓާރާ ރިސޯޓް ގައި މޫދަށް އެރި އުޅުނު ފަތުރުވެރި އެއް ގެނބިގެން އެމީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާދެމުންދާ ކަމުގެ ރިޕޯޓް މިއަދު 11:05 ހާއިރު ލިބިފައިވާކަމަށެވެ.

ދަނގެތީ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށެވެ. އަދި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލުމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.