English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިން ސިމް ކާޑެއް ނެރެފިއެވެ.

އުރީދޫގެ މި ސިމް ކާޑު ލޯންޗުކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީއާއި، ސައުދީގެ އެމްބެސެޑާ އަބްދުﷲ އަލް އަޖަލިން އަލްޑަސަރީ އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އިސްމާއީލް ހަމީދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން “ސައުދީ ޕާސްޕޯޓް” ޓްރެވަލް ސިމް ތައާރަފްކުރުމަކީ ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން އޫރިދޫގެ ސީއީއޯ ވިދާޅުވީ އާއިލާ އާއި ގާތްމީހުންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އުރީދޫ އިން ބުނީ މި ސިމަކީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި، 60 އެސްއެމްއެސް ރޯމިންގްގައި ބޭނުންކުރެވޭ ގޮތަށް ބަންޑެލް ކުރެވިފައިވާ ސިމެއް ކަމަށެވެ. އަދި މިސިމުން ބޭނުން ކުރާ ޑޭޓާއަށް ޗާޖުކުރާނީ އެމްބީއަކަށް 99 ލާރި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޓެގު