English Edition
Dhivehi Edition
އިމޭޖް: ސޯޝަލް މީޑިއާ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިމިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ޔުނައިޓެޑް ވަރުގަދަވެފަ މޮޅުކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

މި ސީޒަނުގައި ޔުނައިޓެޑް އޮތް ހާލަތާއި މެދުގައި މީޑިއާގައި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ކުލަބުގެ ހާލަތާއި މެދުގައި އެއްވެސް ވަރަކަށް ކަންބޮޑު ނުވާކަމަށާއި ނިމިދިޔަ ސީޒަނަށް ވުރެ މިސީޒަނުގައި ޔުނައިޓެޑް ވަރުގަދަވެފައި މޮޅުކަމަށެވެ. އަދި މި ސީޒަނުގައި ލީގުގެ އަށްވަނާގައި ޔުނައިޓެޑް އޮތް ނަމަވެސް އެކަން އެގޮތަށް ދިމާވީ ކުލަބަށް މިވަގުގު ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބުބުނަކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ޓެން ހާގް ބުނީ ނިމިދިޔަ ސީޒަނުގެ ތިންވަނަ ލިބުނު ނަމަވެސް ނިސްބަތުން މި ސީޒަނުގައި ޔުނައިޓެޑަށް ހޯދުނު ކާމިޔާބީތަކަށް ބަލާއިރު، މާބޮޑަށް ވެސް ރަނގަޅުކަމަށެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުން ކަމަށާއި އެކަމުގެ ސަބަބުން މެޗުތަކުގައި ނަތީޖާ ނެރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ޓެން ހާގް ބުންޏެވެ.

” އަހަރެން ގަބޫލުކުރާ ގޮތުގައި މިދިޔަ ސީޒަނަށް ވުރެ، މި ސީޒަނުގައި ޔުނައިޓެޑް ރަނގަޅު، ރަނގަޅު ސްކޮޑެއް އެބައޮތް، ކުމުގެ ފެންވަރު ރަނގަޅު. އެހެން ނަމަވެސް ލީގުގެ އަށްވަނައަށް ކުލަބު ވެއްޓެން ޖެހުނީ ސަބުތަކެއް ވެސް ހުރީމަ، އެއީ ޓީމުގެ މޮޅެތި ގިނަ ކުޅުންތެރިން ތަކެއް ތިބީ އަނިޔާގައި. ގިނަ މެޗުތައް ކުޅެން ޖެހުނީ ބެންޗު ކުޅުންތެރިން ހިމަނައިގެން.” ޓެން ހާގް ބުނެފައިވެއެވެ.

ނިމިގެން ދިޔަ 2022/2023 ގެ ސީޒަން ޔުނައިޓެޑުން ނިންމާލީ ލީގުގެ ތިންވަނާގައި އޮވެގެންނެވެ. ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑް އޮތީ އަށްވަނާގައިއެވެ. އެއީ ކުޅުނު 37 މެޗުން ލިބުނު 57 ޕޮއިންޓާއި އެކުއެވެ. މިގޮތަށް އޮވެ ސީޒަން ނިންމިއްޖެ ނަމަ ޔުނައިޓެޑަށް ޔޫރަޕް ފެންވަރުގެ ބޮޑު އެއްވެސް މުބާރާތަކުން ފުރުސަތު ނުލިބޭނެއެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު ހަމަ އެކަނި ކާމިޔާބީއަކީ ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.