ގދ. ފިޔޯރީގެ އަވަށްތަކުގެ މެދުގައި ބޭއްވުނު “ފިޔޯރީ އަވަޓެ ވާދަ 2024” ފުޓްބޯޅަ މުބާރާތް ނިމިއްޖެއެވެ.
ތިން ޓީމު ބައިވެރިވެ، ލީގު އުސޫލުން ކުރިއަށްގެންދިއަ މި މުބާރާތުގެ ފައިންލަ މެޗު ހޯމަދުވަހުގެ ރޭ ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ޗާންދަނީ އަދި ކަރަންކާއެވެ.
ހުޅުމާލެ އެޗްޑީސީ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ގެ ނަތީޖާއިން ދެޓީމު ވީއެއްވަރެވެ. އެގޮތުން މެޗުގެ ނަތީޖާ ނެރުމަށް ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީ ޖަހައިގެން 0-3 ގެ ނަތީޖާއިން ކަރަންކާގެ މައްޗަށް ކުރި ހޯދާ މި މުބާރާތުގެ ތަށި އުފުލާލީ ޗާންދަނީ އިންނެވެ.
ތިން ޓީމު ބައިވެރިވި މި މުބާރާތް ކުޅުނީ ލީގު އުސޫލުންނެވެ. އަދި ލީގު އުސޫލުން ކުޅުނުއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެފަހަރު ބައްދަލުކުރާގޮތަށް ދެ ބުރެއް ވަނީ ކުޅެފައެވެ. އެގޮތުން ކޮންމެ ޓީމަކުންވެސް ހަތަރު މެޗު ވަނީ ކުޅެފައިއެވެ.
ލީގު އުސޫލުން ދެބުރު ކުޅެ ނިމުނުއިރު، އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ފައިނަލް ކަށަވަރުކޮށްފައިވަނީ ކަރަންކާ އަދި ޗާންދަނީއެވެ. ތަށި އުފުލާލީ ޗާންދަނީ ޓީމުންނެވެ.
މި މުބާރާތުގެ ތަށި އުފުލާލި ޗާންދަނީ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މުބާރާތް މީގެ ކުރިން ވެސް ތިން ފަހަރު ކާމިޔަބުކޮށްފައެވެ. އަދި މިއީ ޗާންދަނީ ޓީމުން މުބަރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި އެޓީމުން ހޯދީ 2008، 2009 އަދި 2010 ގައެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަމާހު މުޙައްމަދުއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމުވެސް ލިބުނީ ސަމާހު މުޙައްމަދަށެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޙައްމަދު ނާހިލްއެވެ.
“ފިޔޯރީ އަވަޓެ ވާދަ” ފުޓްބޯޅަ މުބާރާތަކީ ކޮންމެ ޓީމެއްގައިވެސް އަށް ކުޅުންޔެރިން ހިމެނޭގޮތަށް ކުޅޭ (8 އަ-ސައިޑް) މުބާރާތަކެވެ. މި އަހަރުގެ މި މުބާރާތް ބޭއްވީ 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.
ފިޔޯރީ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތަކީ ޒަމާނުއްސުރެ، ފިޔޯރީގެ ރައްޔިތުންގެ މެދުގައި އޮންނަ އަޚުވަންތަކަމުގެ ގުޅުން ބަދަހިކޮށް އެކުރިކަން އާލާކުރުމުގެ މާތް މަގުސަދުގައި ރަށުގެ އެންމެންގެ ވެސް ބައިވެރިވުމާއި އެކު، ބާއްވަމުން އަންނަ މުބަރާތެކެވެ.
މި މުބާރާތާއި ބެހޭގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމުކުރި ފިޔޯރީ ފޭސް ޖަމްޢިއްޔާގެ ސްޕޯޓްސް ޑިރެކްޓަރ އަހުމަދު ފަޔާޒް ވިދާޅުވީ ފިޔޯރީ އަވަޓެ ވާދަ ފުޓްބޯޅަ މުބާރާތަކީ އެ ރަށުގައި އެންމެ ގިނަ ދުވަސްވެފައިވާ، ޒަމަންވީ ކުޅިވަރު ހަރަކާތް ކަމަށާއި އަދި މިއީ ފިޔޯރީގައި ވަރަށް ފޯރިއާއި އެކު ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.
ފަޔާޒް ވިދާޅުވީ ކުރިން ގަވައިދުން މި މުބާރާތް ރަށުގައި ބާއްވަމުން އައި ނަމަވެސް ފަހަކަށް އައިސް އެކިކަހަލަ ދަތިތަކާއި ކުރިމަތިވެ، މުބަރާތް މެދުކަނޑާލަން ޖެހުނީކަމަށެވެ. އެހެންކަމުން މިފަހަރުގެ މި މުބާރާތް ބޭއްވިގެން މި ދިއައީ މުބާރަތް މެދުކެނޑުނުތާ، 11 އަހަރު ފަހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު މިހާރު މިއޮތީ މި މުބާރާތް އަނެއްކަވެސް އަލުން ފެށިފައިކަމަށާއި، ދެން ގަވއިދުން އަނެއްކާވެސް، ހަމަ ކުރިއެކޭ އެއްގޮތަށް މުބާރާތް ކުރިއަށް ދާނޭކަމަށެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ މުބާރާތުގެ އެންމެހާ ކަންކަން ދިޔައީ ވަރަށް އޮމާން އަދި ވަރަށް ކާމިޔާބުކަމާއި އެކުގައިކަމަށާއި މުބާރާތުގައި ކުރިޔަށް އޮތްތަނުގައި މި މުބާރާތް މިހާރަށްވުރެ، ފެންވަރު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނޭކަމަށެވެ. އަދި މިފަހަރުގެ މުބަރާތައްވުރެ ފުޅާކޮށް، ބޮޑުކޮށް މި މުބާރާތް ބޭއްވުމަށްވެސް ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާނޭކަމަށް ފަރާޒް ވިދާޅުވިއެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމަށެވެ. އެގޮތުން ފިޔޯރީ ކައުންސިލް، ޕޯސްޓް ސައިޑް، ވައިޓް ރެބިޓްސް، ގެސްޓް ބޮކްސް، ޕޮންޑް ޕާފިއުމް، ބިސްބުރު ފުޓްބޯޅަ އެކަޑެމީ، ދި ސްޓޫޑިއޯގެ އިތުރުން އެޗްޑީސީއަޙުމަދު ޒައީމް ގެ ނަން އޭނާ ފާހަގަކުރެއްވެވިއެވެ.
ފަޔާޒް ނިންމާލަމުން ވިދާޅުވީ، މި މުބާރާތް ކާމިޔާބު ކަމާއި އެކު ނިންމާލުމަށް މާލޭގައި ދިރިއުޅޭ ފިޔޯރީ ހުރިހާ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުކުމެއް ލިބުނުކަމަށާއި، އެކަމަށް ޝުކުރުއަދާކުރާކަމަށެވެ.