English Edition
Dhivehi Edition
ފޮޓޯ: ބެސްޓް އެފްބީ ޕޭޖް

1-3 ގެ ނަތީޖާއިން ކިންގް ސްޕޯޓްސް ކުލަބް ބަލިކުރުމަށްފަހު ބީން އެންކަރޭގިން ސޮސައިޓީ ފޯރ ތުނޑި (ބެސްޓް) ސްޕޯޓްސް ކުލަބުން ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި މުބާރާތުގައި ރޭ ކުޅުނީ 16 އަހަރުން މަތީގެ އުމުރުފުރައިގެ ފައިނަލް މެޗެވެ. 16 އަހަރުން ދަށުގެ ފައިނަލް މެޗު ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައެވެ. މި މެޗުން ބެސްޓް ޖޫނިއަރސް ބަލިކޮށް ޗެމްޕިއަން ކަޕް ހޯދީ ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުންނެވެ.

ރޭ ކުޅުނު 16 އަހަރުން މަތީގެ ފައިނަލް މެޗްގައި ދެޓީމުން ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަކަމުގައި ވިޔަސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދާފައިވަނީ ބެސްޓް ސްޕޯޓްސް ކުލަބުންނެވެ.

ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ހާފުގެ 12 ވނަ މިނެޓުގައި ލަނޑެއް ޖަހައި ބެސްޓް އިން މެޗުގެ ލީޑު ނެގުމެވެ. އަދި އޭގެ މިނެޓެއްހާއިރު ފަހުން ބެސްޓް އިން ވަނީ އެޓީމުގެ ދެވަނަ ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް ކިންގް ސްޕޯޓްސް ކުލަބުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއިރު، ބެސްޓް އިން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފުރަތަހަ ހާފުގެ ކުޅުން ނިމެން މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށެވެ.

ދެ ލަނޑުގެ ފަރަގަކުން ބެސްޓް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފަށް ކުޅެން އަރައި ނަތީޖާ ބަދަލުކުރެވޭތޯ ކިންގް ސްޕޯޓްސް ކުލަބުން ވަނީ ބުރަމަސައްކަތް ތަކެއް ކޮށްފައެވެ. ނަމަވެސް އެޓީމަށް ލަނޑެއް ޖަހަން ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނުއިރު، ބެސްޓް ގޯލާއި އަމާޒުކޮށް ހަމަލާއެއްގެ މިންވަރުވެސް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ. މެޗު ނިމިގެން ދިޔައީ 1-3 އިން ބެސްޓް ކުރީގައި އޮވެގެންނެވެ.

ކިންގް އަދި ބެސްޓް ބައްދަލުކުރި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބެސްޓް ޓީމުގެ ޖާޒީ ނަމްބަރ 98 އަހުމަދު ހަމީދެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15،000 ރުފިޔާ ދީފައެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.