English Edition
Dhivehi Edition

ހުޅުމާލޭގައި ސީސީޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންސް އިން ފުލުހުންނާ މިއަދު ހަވާލުކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް ބޭނުންވާ ސީސީޓީވީ ކެމެރާތައް ފުލުހުންނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކުރައްވައިފައެވެ. މިއެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ސީސީޓީވީ ކެމެރޭ ހަރުކުރުމާއި ބެލެހެއްޓުމާއި އެހެނިހެންވެސް ކަންކަން ކުރިއަށް ގެންދާނީ ފުލުހުންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ކޮންފަރެސް ރޫމްގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ.

މި އެއްބަސްވުމުގެ ދަށުން 25 ކެމެރާވަނީ ފުލުހުންނާ ހަވާލުކުރުމަށް ނިންމަވާފައެވެ. ހުޅުމާލޭގައި ގާއިމްކުރާ ޑޭޓާ ސެންޓަރު ބެލެހެއްޓުންވެސްވަނީ ފުލުހުންނާ ހަވާލު ކުރައްވައިފައެވެ.