English Edition
Dhivehi Edition

އެފްރިކަން ކަޕްގައި ރޭ މޮރިޓޭނިއާ އަތުން 1-0 އިން ބަލިވެ، އަަލްޖީރިއާ މުބާރާތުން ކަޓައިފިއެވެ.

އެފްރިކަން ކަޕްގެ ތަށި މީގެ ކުރިން ދެފަހަރު ހޯދާފައިވާ އަލްޖީރިއާ މުބާރާތުން ކެޓީ ގްރޫޕް ޑީގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވެވިއެވެ.

ގުރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅެއް ނުހޯދި، ގުރޫޕް ޑީގެ އެންމެ ފުލުގައި އޮވެގެން އަލްޖީރިއާއިން މުބާރާތް ނިންމާލިއިރު، މި ގްރޫޕުގެ އެއް ވަނަ ލިބުނީ އެންގޯލާ އަށެވެ. އަދި ދެ ވަނަ ލިބުނީ ބުރްކީނާ ފާސޯ އަށެވެ.

އަލްޖީރިއާ ބަލިކުރި މޮރިޓޭނިއާ އަށް ތިންވަނަ ލިބުނުއިރު، އަލްޖީރިއާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއި އެކު ގުރޫޕުގެ އެންމެ ފުލުގައެވެ.

ރޭގެ މެޗުން މޮރިޓޭނިއާ ބަލިކޮށްގެން ދެވަނަ ބުރުގެ އުންމީދު އޮތް އަލްޖީރިއާ ބަލިވީ މޮރިޓޭނިިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަލްޖީރިއާ ކޮޅަށް މޮރިޓޭނިއާގެ ހަމައެކަނި ގޯލު ޖަހާފައިވަނީ، މެޗުގެ 37 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ޔަލީ ދެލާހީ އެވެ. މި ލަނޑަށް ފަހު އަލްޖީރިއާ އިން މެޗުގެ ނަތީޖާ އަނބުރާލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.