English Edition
Dhivehi Edition
ހިތަދޫ ޕޯޓު

އައްޑޫ ރީޖަނަލް ޕޯޓްގައި ބަންކަރިންގެ ހިދުމަތް ފެށެމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ރީޖަނަލް ޕޯޓް ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް މި ސަރުކާރުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރިކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ޕޯޓަށް 18 އަހަރުވެފައިވާއިރު، އެ ތަންތަނަށް އަންނަން ޖެހޭ ތަރައްގީ އެންމެ އެދެވޭ ގޮތެއްގައި އައިސްފައިނުވާކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ އެ ދެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުންކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ އައްޑޫ އަކީ މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އޮތް އެންމެ ބޮޑު އާބާދީ ދިރިއުޅެމުން އަންނަ ސިޓީކަމަށެވެ. އެހެންނަމަވެސް ޕޯޓާ ގުޅިގެން އެ ސިޓީގެ ރައްޔިތުން މާޔޫސްވެފައިވަކަމަށާ އެ ތަން އަމިއްލައަށް ހިންގޭނެ ގާބިލުކަން ނެތް ކަމަށެވެ.

މީގެއިތުރުން ވަޖީހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުގައި ބަންކަރިންގެ ހިދުމަތް ފެށުންކަމަށެވެ. މި ހިދުމަތާއެކު އެތަން އިތުރަށް ތަރައްގީކޮށް ވަޒީފާތައް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން ވަޖީހު ވަނީ އެތަނުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެކަމަށެވެ.