ރާއްޖޭގައި އެންމެ މަޝްހޫރު ހާޑުވެއާ ފިހާރަ، ސޮނީ ހާޑްވެެއާ އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު ސޭލް ފަށައިފިއެވެ.
“ސޮނީ ރެޑް ސޭލް” ނަމުގައި ކުރިއަށްގެންދާ މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން ޖެނުއަރީ 18، 2024 ގެ ނިޔަލަށް އެ ކުންފުނީގެ ހުޅުމާލޭ ފިހާރައިގައެވެ.
ސޮނީ ހާޑްވެއާއިން ބުނީ މި ސޭލްގައި އެ ފިހާރައިން ވިއްކާ އުފެއްދުންތަކުން 90 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބިގެން ދާނެކަމަށެވެ. ޑިސްކައުންޓު ދޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ގޭތެރެ ރީތިކުރުމަށް ބޭނުންކުރާ އެސެސަރީޒް އާއި ކުލަ, ސެނިޓެރީ ވެއާ އަދި ޑިނާވެއާ ހިމެނެއެވެ. މީގެ އިތުރުން އެކި ކަހަލަ ޓޫލްސްތަކާއި އިލެކްޓްރިކް ޕްރޮޑަކްޓުތަކުން ވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެއެވެ.
އެ ފިހާރައިން ބުނީ މި ސޭލް އަކީ އާ އަހަރާ ދިމާކޮށް ގެއަށް ބޭނުންވާ އެކި ސާމާނު އާ ކޮށް, ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯޜުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސޭލެއް ކަމަށެވެ.