ދިވެހިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމު ‘ދެރިޔާގެ’ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު “ލަސްވިޔަސް” ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީހު އިއުލާންކޮށްފިއެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ އެޕްރީލް 12، 2024 ގައެވެ. ރާއްޖޭގައި މި ވަގުތު ތިބި އެންމެ ފުންނާބު އުސް ތަރިން ހިމަނައިގެން އުފެއްދުމަށް މަސައްކަތްކުރަމުންދާ މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ވާޝިޔާ މުހައްމަދު ފެނިގެން ދާއިރު، އޭނާ އާއި އެކު އަހްމަދު އީސާ (އާނަންދު)ވެސް ފެނިގެން ދާނެއެވެ.
މީގެ އިތުރުން މި ފިލްމުގައި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ގެ ދަރިފުޅު ޒޯޔާ ފެނިގެން ދާއިރު މި ފިލްމާ ގުޅުންހުރި އިތުރު މައުލޫމާތުތައް އަންނަ މަހު ހާމަކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރުވަނީ ބުނެފައެވެ، ޓެޑްރީ އަމިއްލައަށް ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގައި މަންމައެއްގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރި، މަރްހޫމް ފައުޒިއްޔާ ފެނިގެން ދާއިރު ފިލްމުގެ ހާއްސަ ރޯލަކުން ކުރީގެ މަޝްހޫރު ތަރި ރީކޯ މޫސާވެސް ފެނިގެން ދާނެއެވެ.