English Edition
Dhivehi Edition

އެފަލްއިން އެންމެ ފަހަށް ތަޢާރަފްކުރި ސްމާޓް ގަޑި ކަމަށްވާ އެޕަލް ވޮޗް ސީރީޒް ނުވައެއް އުރީދޫއިން ރާއްޖެއަށް ތައާރަފްކޮއްފިއެވެ. އުރީދޫއިން ބުނީ މި ސީރީޒްގެ ގަޑި މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށެވެ.

އަދި އުރީދޫގެ ސެންޓްރުތަކުން ވެސް އެޕަލް ވޮޗް ސީރީޒްގެ ގަޑިތައް ގަތުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ސީރީޒްގެ ގަޑި މޫލީ މެދުވެރިކޮށް އޯޑަރުކުރެވޭނީ އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް ކަމަށް އުރީދޫއިން ބުނެއެވެ.

މި ޑިވައިސްގެ ދެ ސައިޒެއް ދެ އަގެއްގައި އުރީދޫއިން ލިބެން ހުރެއެވެ. އެގޮތުން 41 މިލިމީޓަރުގެ އެޕަލް ވޮޗް ސީރީޒް 9 ލިބެންހުންނާނީ 8،750 ރުފިޔާއަށެވެ. އަދި 45 މިލިމީޓަރުގެ ގަޑި 9،250 ރުފިޔާއަށް ލިބެން ހުރެއެވެ. މި ސީރީޒް ގައި ޒަމާނީ ޓެކްނޮލޮޖީއާއި ތަފާތު ފީޗާސްތައް ހިމެނޭއިރު މި އީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއެވެ.

ހަމައެއާއެކު މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއިއެކު ސްކްރީނުގައި އަތްނުލައި ބޭނުންކުރެވުމުގެ އިތުރަށް ކުރީގެ އެޕަލް ވޮޗްތަކާ އަޅައިބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭއެއް މި ސީރީޒްގައި ހިމެނިފައިވެއެވެ. މީގެ އިތުރުން ސިއްހަތާއި ކަސްރަތު ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ވެސް މީސީރީޒްގައި ބަދަލުތަކެއް ގެނަސްފައިވާކަން ފާހަގަކުރެވެއެވެ.

ޓެގު