English Edition
Dhivehi Edition
ޑރ. މައުސޫމު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ “2023ގެ ޓްރެވަލް ޕާސަނަލިޓީ” އެވޯޑް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ.

ޑރ. މައުސޫމު އަށް މި އެވޯޑު ހަވާލުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލު އެއް އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑު ދިނުމަށް ދުބާއީގެ މަޝްހޫރު “ބްރިޖު އަލް އެރެބް” ހޮޓަލުގައި ރޭ ބޭއްވި ހަފުލާގައެވެ.

މީގެ އިތުރުން ރާއްޖެއަށް ވަނީ ވިދިވިދގެން 4 ވަނަ ފަހަރަށް “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ކާމިޔާބުކޮށްފައެވެ. އަދި އަލަށް ދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލުކުރި 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ އިރު ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023ގެ ގޮތުގައި އެމްއެމްޕީއާރުސީ ވަނީ ހޮވިފައެވެ.

މި ހަފްލާގައި އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު އަށް “ސްޕެސަލް އެޗީވްމަންޓް 2023” އެވޯޑް ލިބިފައި ވާއިރު، ޓީއެމްއޭއަށް ވޯލްޑްސް ލީޑިން ޕްލޭން އޮޕަރޭޓަރުގެ އެވޯޑު ވަނީ ލިބިފައެވެ.