English Edition
Dhivehi Edition
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ

މި ސަރުކާރުގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިއަދު ފޭސްބުކުގައި މިނިސްޓަރު ރަމީލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރަމީލާ ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ޕޯސްޓުގައި އެދިވަޑައިގެންފައެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގެންނެވި ރަމީލާ ފަރުވާއަށް ފަހު ރާއްޖެ ވަޑައިގަންނަވަން ދެން އެ މިނިސްޓްރީ ހިންގާނެ ހަރުދަނާ ގޮތެއް ހަމަޖައްސާނެކަަމށް ސަރުކާރުން ވަނީ ބުނެފައެވެ.

ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. މިގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ރަމީލާ ވަނީ ކުރައްވާފައެވެ.