English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ

އައްޑޫ ސިޓީ އިން އަލަށް ޕީއެންސީ އާއި ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލުކޮށްފިއެވެ.

އައްޑޫން 500 މީހުން ޕީއެންސީއާ ގުޅިފައިވާއިރު އަލަށް ގުޅުނު މެންބަރުން ގެފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ.

ޕީއެންސީ އިން ބުނީ އެ ޕާޓީ އާއި އައްޑޫން ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ، އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މީހުން ކަމަށެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނައިރު ޕީއެންސީިން ވަނީ އެ ޕާޓީގެ ވަކި އޮފީހެއްވެސް ގާއުމުކޮށްފައެވެ. އަދި ޕީއެންސީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް އެ ޕާޓީން އަންނަނީ ކުރަމުންނެވެ.