English Edition
Dhivehi Edition

ކްލީކް ކޮލެޖްގެ 2022 އަދި 2023 ގެ އަހަރުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ޙަފްލާ ބާއްވައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ދަސްވެނިވުމުގެ ޙަފްލާގެ ޝަރަފުވެރި މެޙްމާނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ޙަފްލާގައި އެކި ޕްރޮގްރާމް ތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމުގެ އިތުރުން 2022 ވަނަ އަހަރު ތަޢުލީމީ ގޮތުން މަތީ ވަނަތަށް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި އެވޯރޑް ދެވުނެވެ. މީގެ އިތުރުން ކޮލެޖްގެ އެކި ޙަރަކާތް ތަކުގައި ބައިވެރިވެ، ކޮލެޖަށް ޙިދުމަތް ކޮށްފީފައިވާ ދަރިވަރުންނާއި ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ މުދައްރިސުންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ އެރުވުނެވެ.

ކްލީކް ކޮލެޖްގެ “އެޗީވްމަންޓް އެވޯޑް” ލިބިފައިވާ ދަރިވަރުން

  • ޒަކްވާން ޒާހިލް ޒަމީރު
  • މުޙައްމަދު މާއިޒް އަޙްމަދު
  • އައިމަން އަބްދުލް ރަޝީދު އަބޫބަކުރު
  • ނަބްހާން ޢަލީ ވަހީދު
  • މަރްޔަމް މިންހާ ހަނީފް
  • އައިޝަތު ޢައިން ނައުޝާދު
  • ރަޝާން ޝުހައިލް
  • ހުޝާމް އަބްދުލް ޙަކީމް
  • ޙަސަން ނަސީރު
  • އައިމިނަތު ސޫނިޔާ
  • އިސްމާޢީލް ޔަޢީޝް އަދްލީ
  • ރިޝްވާން ރަޝީދު
  • އަޙްމަދު މަންސޫރު
  • ޢަބްދު ﷲ މުޙައްމަދު
  • ފާތިމަތު ޝައިލާން އަފްޒަލް

“ސްޕެޝަލް އެވޯޑްސް” ލިބުނު ދަރިވަރުންނާއި މުދައްރިސުން:

  • މަރްޔަމް މާހާ މަދީހް – އެޑްވާންސިންގ ބިޒްނަސް އެޑިއުކޭޝަން (ABE, UK)، ޓޮޕް ޕޭޕަރ އެވޯރޑް.
  • އިސްމާއިލް ޔައީޝް އަދްލީ – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • އައިމިނަތު ޝިގަފް އަފްޒަލް – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • އެންޖެލިކާ މަރީނާ ފޮރސައިތް – (ޕްރެޒިޑެންޓްސް ރޯލް އޮފް އެކްސަލަންސް)
  • ނައުޝާދު އާދަމް – (އެވޯޑް ފޯރ އައުޓްސްޓޭންޑިންގ ސްޓޫޑެންޓް ލީޑަރޝިޕް އެންޑް ކޮންޓްރިބިއުޝަން)
  • ދަލޫފް އަޙްމަދު – އެވޯޑް ފޯރ އައުޓްސްޓޭންޑިންގ ސްޓޫޑެންޓް ލީޑަރޝިޕް އެންޑް ކޮންޓްރިބިއުޝަން)
  • މިރުޝާ އަބްދުލްސައްތާރު – (އެވޯޑް ފޯރ އެކްސަލަންސް އިން ޓީޗިންގ)
  • ޢަލީ ރިއާދް – (އެވޯޑް ފޯރ އެކްސަލަންސް އިން ޓީޗިންގ)

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެ ވަޑައިގެން ޖަލްސާ ޝަރަފުވެރި ކޮއްދެއްވެވީތީ އެކަމަށްޓަކައި އެކޮލެޖްގެ ޕްރެޒިޓެންޓް ޑރ ނައުޝާދު މުޙައްމަދު ވަނީ ޝުކުރު އަދާ ކުރައްވަވާފައެވެ. މީގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރު ގައުމު ބިނާ ކުރެއްވުމަށް ނައިބުރައީސް ކުރެއްވެވި އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް އެކަމަށްޓަކައި ވެސް ނައުޝާދުވަނީ ޝުކުރު އަދާކުރައްވަވާފައެވެ

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އަދި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްޠަފާ ލުޠުފީ ކްލީކް ކޮލެޖްގެ މި ޖަލްސާގައި ބައިވެރި ވަޑައިގަތުމާއި ގުޅިގެން އެބޭފުޅުންނަށް ވެސް ޑރ ނައުޝާދު ވަނީ ޝުކުރު އަދާކުރައްވަވާފައެވެ. އަދި ކްލީކް ކޮލެޖަކީ ވޭތުވެ ދިޔަ 23 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު، ދުނިޔޭގެ މަޝްހޫރު އެތައް ޔުނިވަރސިޓީ ތަކަކާއި އެއްފެންވަރުގެ ކޯސްތަކެއް ހިންގަމުން އަންނަ ކޮލެޖެއްކަން ނައުޝާދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޑރ. ނައުޝާދު މުޙައްމަދު ވިދާޅުވީ ކޮވިޑް 19 ފަދަ އުނދަގޫ ވަގުތު ތަކެއްގެ ތެރޭގައި ގަދައަޅައި މަސައްކަތްކޮށް ދަސްވެނިވި ދަރިވަރުންނާއި އެކިއެކި އެވޯޑް ޙާޞިލްކުރި ދަރިވަރުންނަށް ތަޢުރީފު ޙައްގުވާ ކަމަށެވެ. އަދި އެ ހުރިހާ ދަރިވަރުންނަށް އަދި އެ ދަރިވަރުންނާއި އެންމެ ގާތުން މަސައްކަތް ކުރައްވާ މުދައްރިސުންނަށް މަރުޙަބާ ދެންނެވިއެވެ. ހަމައެއާއިއެކު ކްލީކް ކޮލެޖްގެ ކާމިޔާބީއަށް އެ ކޮލެޖުގެ މުވައްޒަފުން ކުރައްވާ އަގުހުރި މަސައްކަތަށް ޝުކުރު ދެންނެވިއެވ.ެ

ދިވެހި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވޭތުވެދިޔަ 23 އަހަރު ޙިދުމަތް ކޮއްދެއްވާފައިވާ ކްލީކް ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ބަލައި ގަންނަ އެތައް ކޯސްތަކެއް ކުރިއަށްގެންދާ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުބާރު ލިބިފައިވާ ކޮލެޖެކެވެ. މި ކޮލެޖުން ފޯރުކޮށްދޭ އެކި ލެވެލްގެ ޕްރޮގްރާމް ތަކުގެ ތެރޭގައި ކްލީކް ކޮލެޖްގެ އަމިއްލަ ޕްރޮގްރާމް ތަކުގެ އިތުރުން، މެލޭޝިޔާގެ SEGi University ގެ ބެޗެލަރސް ޑިގްރީ، އިނގިރޭސިވިލާތުގެ އެޑްވާންސިންގ ބިޒްނަސް އެޑިއުކޭޝަން (ABE, UK)، ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (CTH, UK) އަދި އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (ACCA) ގެ ޕްރޮގްރާމްތަށް ހިމެނެއެވެ.

ކްލީކް ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތުތަށް ހުޅުވިފައިވާ ދަރިވަރުންތަކެއް ކަމުގައިވުމަށް ކްލީކް ކޮލެޖުން ގަދަ އަޅާ މަސައްކަތް ކުރާކަން ހާމަކުރެއްވިއެވެ. މި ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ، ސްޕޯޓްސް އެންޑް އެކްސަސައިޒް އަދި ޓުއަރިޒަމް ފަދަ ވަޒިފާގެ ފުރުޞަތުތަށް އިތުރުވަމުންދާ ދާއިރާތަކާއި ގުޅޭ އެތަށް ކޯހެއް ކްލީކް ކޮލެޖުގައި ކުރިއަށް ގެންދެއެވެ.