English Edition
Dhivehi Edition
Newport, Rhode Island, New England, United States of America, North America

އިޒްރޭލުގައި ހުންނަ އެމެރިކާ އެންބަސީ އިސްރާއީލްގެ ޖެރޫސަލަމަށް ބަދަލުކުރަން ނިންމަވާފައިވާކަން، އެމެރިކާ ރައީސް ފަލަސްތީނުގެ ރައީސަށް ފޯނުގެ ޒަރީއްޔާއިން އަންގަވައިފިއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އިދާރާއިން އަންގާރަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާ ރައީސް ޑޯނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް މިކަން ފޯނުން އަންގަވާފައެވެ. އެމެރިކާގެ އެންބަސީ މިހާރު ހުންނަނީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ގައެވެ.

ފަލަސްތީނުގެ ރާއިސްގެ ތަރުޖަމާނު ނަބީލް ރުދެއިނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް މި ނިންމެވުމަށް ރައްދު ދެއްވަމުން މަހުމޫދު އައްބާސް ވަނީ ޓްރަމްޕް އަށް މި ކަމުގެ ސަބަބުން، ސަރަހައްދީ ހަމަ ޖެހުމަށާއި ރައްކާތެރި ކަމަށް އަދި މީގެ އިތުރުން މަޝްވަރާ ތަކަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އޭގެ އިރު ކޮޅެއް ފަހުން ޖޯޑަންގެ ރަސްގެފާނު ނެރުއްވި ބަޔާނެއްގައިވެސް އެމެރިކާގެ ރައީސް މިކަމާ ގުޅޭ ގޮތުން މި ރަސްގެފާނު އަބްދުﷲ އަށް ވެސް ގުޅުއްވި ކަމަށް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލުން ދެކޭ ގޮތުގައި އިރުމަތީ ޖެރޫސަލެމް އަކީ އެމީހުންގެ ވެރިރަށެވެ. ފަލަސްތީނުން ވެސް ދެކެނީ އެގޮތަށެވެ. އެއީ 1967 ވަނަ އަހަރު އަރަބި ގައުމު ތަކާ އިޒްރާއީލާއި ދެމެދު ކުރުވުނު ހަނގުރާމައާއ ގުޅިގެންނެވެ. ނަމަވެސް ފަލަސްތީނު މީހުން އަބަދަށް ދެކެމުން އައީ ކުރިމަގުގައި އެ ރަށް ވެގެންދާނީ ފަލަސްތީނުގެ ވެރިރަށް ކަމުގައެވެ.

ފަލަސްތީނުން ބުނެފައިވަނީ އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅުމުން އެމެރިކާ ސުލްހައިގެ މަޝްވަރާގެ މެދުވެރިއަކަށް ވުމަށް އޮންނަ އިތުބާރު ގެށްލިގެން ދާނެ ކަމަށެވެ. އެއީ ޖެރުސަލެމް މައްސަލައިގައި އެމެރިކާ ވަކި ކޮޅެއް ނެގުމުންނެވެ.

މި ދިޔަ އަހަރު ކެމްޕެއިން ތެރޭގައި ރައީސް ޑޯނަލްޑް ޓްރަމްޕް ވަނީ އިޒްރާއީކުގެ ވެރިރަށް ކަމުގައި ޖެރުސަލެމް ހަދައި ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ގިނަ ގައުމު ތަކުގެ ވެރިން ވަނީ ޓްރަމްޕްގެ މި ނިންމުމަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން ތުރުކީގެ ރައީސް ވިދާޅުވެފައިވަނީ ޖެރުސަލެމް އަކީ ރަތް މުސްލިމުންނަށް އޮތް ރަތް ރޮނގު ކަމަށެށެވެ. އަދި އެގޮތުން އިޒްރާއިލާއި އެކު ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

ފްރާންސްގެ ރައީސް ފޯނު މެދު ވެރިކޮށް ވިދާޅުވެފައިވަނި ޖެރުސަލެމް އާއި މެދު ގޮތެއް ނިންމަން ޖެހޭނީ މަޝްވަރާ ތަކާއި އެކުގައި ކަމަށެވެ.