އެންޓި ކޮރަޕްޝަން ކޮމިޝަނުން ހޯދުމަށް އަންގަވާފައިވާ 20 މިލިޔަން ރުފިޔާ އަކީ 2018 ނޮވެމްބަރ ގެ ކުރިން ހިންގާފައިވާ 4 މުޢާމަލާތަކާ ގުޅޭ ފައިސާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ 75 މައްސަލައެއް ތަޙުޤީޤުކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި” މި ސުރުޚީގެ ދަށުން، 24 އޮކްޓޯބަރ 2023 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޢާންމު ކޮށްފައިވާ ޚަބަރާ 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި ޢަދަދު ކަމަށެވެ
ފެނަކައިން ބުނީ ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ 20،504،491.54 ރުފިޔާ އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުޢާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް ތަޙުޤީޤުކުރަމުންދާއިރު، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އޭސީސީ އިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
.