English Edition
Dhivehi Edition

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން އެ ކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާގެ ފަރަގެއް ނެތެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި 282804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 246915 މީހުން ވަނީ ވޯޓުލާފައެެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87 އިންސައްތައެވެ. މި އިންތިހާބުގައި ބާތިލު ވޯޓުގެ އަދަދު 7888 އަށް އަރާފައިވާއިރު މިއީ ބާތިލު ވޯޓު އެންމެ ގިނައިން އަޅާފައިވާ އިންތިހާބު ކަން ފާހަގަކޮށްލެވެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި 129،159 ވޯޓާ އެކު 54.04 ޕަސެންޓް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.