English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ބޭރުގެ މާލީ އެޖެންސީއަކުން ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުގައި 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވަނީ މިފަދަ ލޯނުތައް ދޫކުރާ އެމެރިކާގެ އެޖެންސީއެއްކަމަަށްވާ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ.

ކާގިލް ފައިނޭންސްގެ ލޯނު ކުރީގެ ސަރުކާރުން ނަގާފައިވަނީ، 7.15 އިންޓަރެސްޓު ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާ ނިންމިއިރު، އިތުރަށް 26 މިލިއަން ޑޮލަރު ވަނީ އިންޓްރެސްޓްގެ ގޮތުގައި ސަރުކާރުން ދައްކާފައެވެ.

އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިން 100 މިލިއަން ޑޮލަރުގެ މި ލޯނު ނަގާފައިވަނީ ބޮޑު މަޝްރޫއެއް ހިންގުމުގެ ބަދަލުގައި، ބަޖެޓްގެ ތާށިކަން ކުރިމަތިވެގެން ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ.

ކާގިލް ފައިނޭންސްގެ ލޯނުގެ އިތުރުން 2022 ގައި އެހެން ލޯނުތަކެއް ވެސް ނެގި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނެވެ.

ބޭރުން ނަގާފައިވާ ދަރަނީގެ އިތުރުން އެކި މަޝްރޫއުތައް ހިންގާފައިވާ ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިޔަން ރުފިޔާއެއްވެސް ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު އޮތީ ނުދައްކާކަން މާލީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ސަރުކާރުގައި ބޭރުގެ ދަރަނި މެނޭޖުކުރުމުގެ އިތުރުން، ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާވެސް ދަނީ ދޫކުރައްވަމުންނެވެ.