English Edition
Dhivehi Edition

އެމްޑީޕީއަށް ވަނުމަށް އެއްވެސް މީހަކު ގައުމީ މަޖިލިހުގެ މެމްބަރުންގެ %50 ތާއީދު ބޭނުން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީއަށް މީހުން ވެއްދުމަކީ އެމަނިކުފާނުގެ ޒިންމާއެއްވެސް ނޫން ކަމަށެވެ.

“ވަކި މީހަކު ވެއްްދުމަށް އަދި ނުވެއްދުމުގައިވެސް އަޅުގަނޑުގެ ދައުރެއް ނެތް. މްޑީޕީގެ އުސޫލުތައް ގަބޫލުކުރާ ކޮންމެ މީހަކަށްވެސް އެޕާޓީއަށް ވަނުމުގެ ފުރުސަތު އޮންނާނެ.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީއަށް މީހުން ވައްދަން ގައުމީ މަޖިލީހުން ނިންމުމަކީ އެމްޑީޕީ ދަންނަ ހަމައެއް ނޫން ކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 ތާޢީދު އޮތްނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ފައްޔާޒް ވަނީ އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.