ފުވައްމުލައް ސިޓީގައި ވޯޓުކަރުދާސް ކޮޅު ފޮޓޯ ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށް ސުވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.
ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި#OperationBlueWave
— Maldives Police (@PoliceMv) September 30, 2023
ރިޔާސީ އިންތިހާބުގެ ކަންތައްތައް އަމާންކަމާ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ވޭވްސް” އާއި ގުޅިގެން ޗީފް ކޮމާންޑަރު އަހުމަދު ޝާކިރު ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ.
މި ގޮތުން ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވެއްދުމާ ވޯޓުލާންދާ އިރު ހުއްޓެން ޖެހޭ ކިޔު ޔަގީން ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ވޯޓް ލުމަށް ފަހު ވޯޓުލާ ސަރަހައްދުގައި މަޑުނުކޮށް ދިއުމުގެ އިތުރުން އަމާންކަމާއި ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.