English Edition
Dhivehi Edition

ރިޔާސީ ދެވަނަ ދައުރެއްގައި ލ. ހިތަދޫ ސިއްހީ މަރުކަޒު ބޮޑުކޮށްދޭނެ ކަމަށް އެމްޑޫޕީ ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކިފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމާއި ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި، ޒަމާނީ ފެންވަރު ވޮލީ ކޯޓެއް ހެދުމާއި އަދި ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޖަލުތަކުގައި މިހާރު އަނިޔާތައް ނުކުރާނެ ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ހިތަދޫ ފަދަ ކުދި ރަށްތަކަކީ މިދިޔަ ސަރުކާރުތަކުން އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ލިސްޓުގެ އެންމެ ފަހަތުގައި ބާއްވާ ރަށްތައް ކަމަށާއި މި ސަރުކާރުން އެ މަސައްކަތްތައް ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހިތަދު ރައްޔިތުންނަކީ އެމްޑީޕީގެ މެންބަރުންނަކީ އިސްލާހީ ހަރަކާތްތަކުގައި ވަރަށް ކުރިން ބައިވެރިވި ބައެެއް ކަމަށާއި މިއަދު ވެސް އެ ފޯރިއާ އެކީ އެ މީހުން ދެމިތިބި ކަމަށެވެ. އެ ދުވަހު ފެށި މަސައްކަތް މުޅިން ނުނިމޭ ކަމަށާއި އޭރު ޖަލުތަކުގައި ކުރަމުން ދިޔަ އަނިޔާތަކުން ސަލާމަތް ވާން ބޭނުންވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ އަންނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމާއި ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި، ޒަމާނީ ފެންވަރު ވޮލީ ކޯޓެއް ހެދުމާއި އަދި ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.