English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

މޯލްޑިވސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރުލިބިފައިވާ އިދާރާއެއް އުފައްދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރޭ މ މުލަކަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރުލިބިފައިވާ އިދާރާއެއް އުފައްދަވާނެ ކަމަށާއި އޭގެ ސަބަބުން، ޒަކާތު ފަންޑު ވަރުގަދަކުރެވި، ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވޭނެ ގޮތް މަގުފަހިވާނެކަމަށެވެ.

އަދި .އެ ޒަކާތު ފަންޑު ބޮޑު ކުރަން ޖެހޭ ކަމަށާއި ޒަކާތު ފަންޑު ބޮޑުކުރުމުގެ ބޭނުމަކީ ޒަކާތު ފަންޑުން ޝަރީއާ ހުއްދަދޭ ކޮންމެ ކަމަކަށް ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު އޮތުންކަމަށާއި އެ ކަމުގެ ސަބަބުން ސީދާގޮތުން ރައްޔިތުންނަށް ނަފާވާނެކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ރަށްތަކަށް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެ ވަޑައިގަންނަވާފައެވެ.