English Edition
Dhivehi Edition

އަންވަރު ނަޢީމް ލިއުއްވާފައިވާ ޚިޔާލީ ވާހަކައެއް ކަމުގައިވާ “ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން” ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ނެރެދެއްވައިފިއެވެ.

މި ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޤައުމީ ކުޠުބު ޚާނާގައެވެ.

މި ފޮތް ނެރެދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދެއްކެވި ވާހަކަފުޅުގައި އަންވަރު ނަޢީމްގެ މި މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ. އަދި ލިޔުންތެރިންނަށް ހިތްވަރު ދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގުކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އެހެންމީހުންގެ ޚިޔާލުތައް ބަލައިގަތުމާއި އެ ކުރާކަމެއްގައި ދެމިހުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ލިޔުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައިވެސް އުފެއްދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންވަރު ނަޢީމްގެ “ދަ ކޮންފިއުޝަން” ފޮތަކީ “ދަ އިންވިންސިބްލް”ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ޚިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.