English Edition
Dhivehi Edition

ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިރޭ ވިދާޅުވެފައިވަނީ ވިއްސާރައިގައި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރައްވާ ކަމަށެވެ.

މެދު ރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނަގު އުތުރުން ގަޑިއަކު 20 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއަގައި ގަދަވާނެއެވެ. ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓު އޮފީހުންވަނީ ތަކުރާރުކޮށް އެދިފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރޭގަނޑު ވަގުތު ތަކުގައި އެހެން ދަތުރުތައް ނުކުރުމަށްވެސް އެތަނުންވަނީ އިލްތިމާސް ކޮށްފައެވެ.

ޓެގު