English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގު 2023/24ގެ އައު ސީޒަންގެ ކުޅުން މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޕްރިމިއާ ލީގުގެ އައު ސީޒަން މިރޭ ފެށޭއިރު، ލީގު ފެށުމުގެ ގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބާންލީއާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ.

އައު ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ބާލިން އަދި ސިޓީ ބައްދަލުކުރާއިރު، މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މިރޭ އައު ސީޒަން ފަސާނީ މުޅިން އައު ފެށުމަކުން ކަމަށާއި މީގެ ކުރިން ވެ ދިޔަ ކަންކަން ހަނދާންކުރުމުގެ ބޭނުމެއް މިހާރަކު ނެތް ކަމަށެވެ.

” ވޭތުވެ ދިޔަ ތަނުގައި ކަންތައް ހިނގާފައިވާ ގޮތާއި މެދު ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތް، މި ކުރިމަތި ލަނީ އައު ސީޒަނަކާ، އައު ޗެލެންޖަކާ. ވިސްނުން ހުރީ މިރޭގެ މެޗަށް” ގާޑިއޯލާ ބުންޏެވެ.

މެންޗެސްޓަރ ސިޓީ މިރޭ ބާންލީއާ ދެކޮޅަށް ނިކުންނައިރު، ބާންލީގެ ކޯޗަކަށް މިހާރު ހުރި ސިޓީގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި ވިސެންޓް ކޮމްޕެނީއެވެ. ކޮމްޕެނީ ބުނީ ކޯޗެއްގެ ގޮތުގައި މުޅިން އައު ޗެލެންޖަކާއި މިރޭ ކުރިމަތިލާން ނުކުންނައިރު، ވިސްނުން ހުރީ މިރޭގެ މެޗަށް ކަމަށެވެ. ކޯޗެއްގެ ގޮތުގައި ކޮމްޕެނީ ބާންލީއާ ގުޅުނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ބާންލީ ރެލިގޭޝަނުން އަރައިގަނެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވI ކޮމްޕެނީގެ އިރުޝާދުގެ ދަށުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓަރ ސިޓީ އާ ބާންލީ ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން 00:00 ޖަހާއިރުއެވެ.