އައްޑޫ ސިޓީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ‘އަމާން ހިޔާ’ މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ “ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެން މި މަޝްރޫއުގެ ޕްރޮޖެކްޓް ބީލަން ހުޅުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.
ދިވެހިރާއްޖެއާއި އޭޑީބީ އާއި ދެމެދު 2022 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ އެހީގައި ހުޅުމާލެ، އައްޑޫ ސިޓީ އަދި ރ.އަތޮޅުގައި އަމާން ހިޔާ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ލަނޑުދަނޑީގެ ގޮތުގައި ފަސްކަމެއް ކަނޑައަޅާފައިވާ އިރު އެއީ: