English Edition
Dhivehi Edition
ޑރ އަދީލް: ފޮޓޯ އެކްސްޕްރެސްނިއުސް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫސިޓީގެ ހިތަދޫ ބޭފުޅެއް ކަމުގައިވާ ޑރ އަޙްމަދު އަދީލް ނަސީރު ހަމަޖައްސަވައިފިއެވެ.

ޑރ އަދީލް އަކީ މީގެ ކުރިން ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމް ފުރުއްވަވާ އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށް އަދި ކުރައްވަވަމުން ގެންދަވާ ބޭފުޅެކެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރައްވެވި ނަމަވެސް އެފަހަރު އެގޮނޑި ކާމިޔާބު ކުރެއްވެވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލް އެވެ.

ނާޒިމްގެ ރަނިންމޭޓަކަށް ޑރ އަދީލް ހަމަޖެއްސެވި އިރު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވާ ގިނަ ކެންޑިޑޭޓުންގެ ރަނިންމޭޓުން ނަށް އައްޑޫސިޓީއަށް ނިސްބަތްވާ ބޭފުޅުން ހަމަޖައްސަވަމުން ގެންދަވާތަން ދަނީ ފެންނަމުންނެވެ.