English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ.

މޯގަން އަކީ ބޭންކިންގ، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މޯގަން ވަނީ ލޮއިޑްސް ބޭންކިންގ ގްރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ. މިގޮތުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގްއާރންސޭ އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އަދާކުރައްވާފައިވެއެވެ.

މޯގަން އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިންގ ޕްރިންސިޕަލްގެ މަގާމެވެ. މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިންގ އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަރކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށެވެ.

“ބޭންކަރއެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރއެއް. މޯގަންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ. މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން.” އޭނާ ވިދާޅުވިއެވެ.

މޯގަން ވަނީ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ.

މޯގަން އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަރޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.