މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީ އިން އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 7 އޮގަސްޓު 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް އެދި ހާއްސަ ކުރެވިފައިވާ ފޯމް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ބަލައިގަންނާނެކަަމަށް އީސީ އިން ވަނީ ބުނެފައެވެ.
އީސީ އިން ކުރި އިއުލާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސްގެ ނައިބު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި
ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ ފަރާތްތަކުން އިދާރީ ފީގެ ގޮތުގައި -/100,000 (އެއްލައްކަ) ރުފިޔާ ދައްކަންޖެހެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު ހުށަހަޅަންޖެހެއެވެ. މި މަގާމަށް އަމިއްލަ ގޮތުން ވާދަކުރާނަމަ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފަސްސަތޭކަ) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން ހުށަހަޅަންޖެހެއެވެ.