English Edition
Dhivehi Edition

ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ކްލަބް މޯލްޑިވްސް އަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތައް ބޭއްވުމަށް މަޝްހޫރު ކްލަބެއަވެސްމެއެވެ. މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލް ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްސަލް މި ކުޅިވަރު ކުރިއެރުވުމެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 18/30 ތަރޓީ ކްލެސިކް 2023، އަށާރަ ތިރީސް 2023، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023 އަދި ކްލަބް މޯލްޑިވްސް 2023. 18/30އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ. އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ މައިގަނޑު ފޯކަސް ދާއިރާއަކަށްވެފައި މިއަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ފެނުމަކީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެކެވެ.

މި އަހަރު، ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް، 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީގަ މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ޓެގު