English Edition
Dhivehi Edition

ބޮޑު ޗުއްޓީ ސޭލް ގެ ނަމުގައި ދިރާގުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މިއީ މައި-ފައި ޑިވައިސްއަށް ޚާއްސަ ޕްރޮމޯޝަނެއް ކަމަށާއި މި ޗުއްޓީ ދަތުރުތަކުގައި ކޮންމެ ތަނަކަށް ވެސް އިންޓަރނެޓް ހިފައިގެން ދެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށް ވެސް 50 ޕަސެންޓުގެ ޑިސްކައުންޓަކާއެކު އެންމެ 594 ރުފިޔާއަށް ޑިވައިސްއެއް ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ 7 ޖުލައިގެ ނިޔަލަށަ ކަމަށާއި މި މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް https://bit.ly/3JBsZqn މެދުވެރިކޮށް ފަސޭހަކަމާއެކު މި ޑިވައިސް ގަނެވޭނެ ކަމަށެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެތާކު، ކޮންމެ ވަގުތަކު ވެސް މުވާސަލާތީ ގޮތުން ގުޅުވުން ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން މި ޚާއްސަ ޕްރޮމޯޝަނާކީ ހުރިހާ ފަރާތްތަކަށް ވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ޚާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/3CVHyBz

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ޓެގު