English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގެ ގެެއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލޭގެ ހެންވޭރުގެ ގެއެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:20 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދަށް ފުލުހުން އެޓެންޑުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.