English Edition
Dhivehi Edition

ދިރާގުން އީދު ބޮނޑިބަތް ބަހައިފިއެވެ.

މިއީ މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ ކުންފުނިން ބުނީ ދިރާގުން މިއަދުކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޮނޑިބަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ޢީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ ‘ދިރާގު ޢީދު ބޮނޑިބަތް’ ހަރަކާތް ވަނީ މުޅި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މާލެ ސަރަހައްދު، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި ‘ދިރާގު ޢީދު ބޮނޑިބަތް’ ބަހާފައެވެ.

މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ކުރިމަތީގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަރބަންކޯއާ ގުޅިގެންނެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު އަދި ސިޓީ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި ތަފާތު ޢީދު ކުޅިވަރުތަކަށް އެއްބާރުލުންދީފައެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ‘ދިރާގު ޢީދު ބޯކިބަ’ އަކީ ވޭތުވެދިޔަ ޢީދުތަކުގައި ވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށާއި އެގޮތުން މިފަހަރުގެ ޢީދު ބޮނޑިބަތް ހަރަކާތަށް ވެސް މި ލިބުނު ހޫނު ތަރުހީބަށް ވަރަށް އުފާކުރައްވާ ކަމަށެވެ.

“ދިރާގުން އަބަދުވެސް ބަލަނީ މިކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް،” އޭނާ ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

ޓެގު