English Edition
Dhivehi Edition

މިއަހަރުގެ ބޮޑު ޗުއްޓީ އާ ދިމާކޮށް ދިރާގުން ޚާއްސަ ލަކީ ޑްރޯ އެއް ފަށައިފިއެވެ.

ދިރާގުން ބުނީ މިއީ އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށް ފެށި ލަކީ ޑްރޯއެއް ކަމަށެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން އިއުލާނުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސެއްގައެވެ.

މި ޕްރޮމޯޝަންގެ ދަށުން 22 ޖޫން އިން 8 ޖުލައި ގެ ނިޔަލަށް 100ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާރއެއް ނުވަތަ ފައިބަރ ބްރޯޑްބޭންޑް ބޫސްޓާރއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަސް ކަސްޓަމަރުންނަށް އަގުހުރި ތަފާތު ފަސް އިނާމު ލިބިގެންދާނެއެވެ.

މި ލަކީ ޑްރޯގައި ހިމެނޭ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 11 އެއް، ޕީ.އެސް5 ޑިސްކް އެޑިޝަނެއް ހިމެނެއެވެ. އަދި އެއަރޕޮޑްސް ޕްރޯއަކާއި 5ޖީ ވަޔަރލެސް ރައުޓަރއަކާއި ސަރފޭސް ޕްރޯ 9 އެއް ވެސް ހިމެނެއެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މި އަގުހުރި އިނާމުތަކާއެކު ކަސްޓަމަރުން އެކުންފުންޏަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުން ކަމަށެވެ.

“އަދި އަޅުގަނޑުމެން ދާދި ފަހުން ތައާރަފްކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޫސްޓާރތަކުން މި ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރަން.” އޭނާ ވިދާޅުވިއެވެ.

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/43TaohU

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

 

ޓެގު